٢٠١٠-١٠-١١

އަނެއްކާވެސް އެއްކަލަ ޤަވާއިދު ހަދައިފި

މިހާރަކަށް އައިސް އަނެއްކާވެސް ކުޅެންދާ ބައެއް ކުދިން ބައިބެހުމަށްފަހު ކުޅެންދާތީވެ އެކަން ހުއްޓުވުމުގެ ގޮތުން ޤަވާއިދެއް ހަދައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ފުޓްބޯޅަ ކުޅުން ނިންމާލި ވަގުތު ކުޅެން އައި ކުދިންނާއި މުހާތަބްކޮށް ލަންދޫގެ މަޝްހޫރު ފުޓްބޯޅަ ކުޅުން ތެރިޔާ އަދި ހެޑްލައިންސްގެ އެޑިޓަރ ޔޫސުފް އަބްދުއްރަހީމް (ޔޫއްޓޭ) ބުނީ "މާދަމާއިން ފެށިގެން ބައިބެހުމަށްފަހު އަންނަ އެކަކުވެސް ދެން ނާރުވާނަން.... އެހެންވީމާ ކޮންމެ ދުވަހަކުވެސް 5:00 ވުމުގެ ކުރިން ކުޅެން ބޭނުމީޔާ އާދޭ.. "
މިއީ މީގެ ކުރިންވެސް ލަންދޫގެ ފުޓްބޯޅަ ދަނޑުގައި ހަދަފައިވާ ޤަވާއިދެކެވެ. ނަމަވެސް ބައެއް ކުޅުންތެރިންގެ އެއް ބާރުލުން ނުލިބުމުގެ ސަބަބުން އެކަން ވަނީ އުވިގެން ގޮސްފައެވެ. މިފަދަ ޤަވާއިދުތަކަކީ ލިޔެކިޔުމުން އަންގާ ސޮއި ނުކުރުވިޔަސް ކުޅުންތެރިން ބަލައިގަތުން މުހިންމު ޤަވާއިދެއްކަމުގައި މިބުލޮގުގެ ފަރާތުން ދެކެމެވެ. އަދި އެޤަވާއިދާއި އެއްގޮތައް އަމަލުކުރުމަށް ކުޅުންތެރިންނަށް މިބުލޮގުގެ ފަރާތުން ގޮވާލަމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ