٢٠١٠-١٠-١١

ޒުވާން ކުޅުންތެރިއަކު ކުޅުން ހުއްޓާލަނީ


ޕަސެންޓް ސްޕޯޓްސް ކުލަބުގެ މުހިންމު ކުޅުންތެރިއަކު މިއަހަރުގެ އާރު.އެސް ލިޔެސް ހޮލިޑޭކަޕަށް ފަހުގެ ފުޓްބޯޅަ ކުޅުމާއިދުރައްދާނެ ކަމުގެ މަޢުލޫމާތު މިރޭގެ ވަގުތެއްގައި މިބްލޮގަށް ލިބިއްޖެއެވެ. ވަރަށް ގިނަދުވަސް ވަންދެން ލަންދޫގެ ނޭޝަނަލް ޓީމުގައި މޮޅުކުޅުމެއް ދައްކާފައިވާ މިކުޅުންތެރިޔާ ވަނީ ލަންދޫގެ ޓީމަށް މުހިންމު ގޯލްތަކެއް ކާމިޔާބު ކޮށްދީފައެވެ. ޑިފެންސް ލައިން އަށް ފަހު މިހާރަކަށް އައިސް ޓީމުގެ ވޯވާރޑް ލައިންގައި ހަރަކާތްތެރިވާ މިކުޅުންތެރިޔާ ކުޅުން ހުއްޓާލުމަށް މިނިންމީ އަނިޔާގެ ސަބަބުން ކަމަށް އޭނާ ލަންދޫ ހޮޅުއަށި.ޓީކޭ އަށް މަޢުލޫމާތު ދެމުން ވަނީ ބުނެފައެވެ.
ޒުވާން އުމުރުގައި ފުޓްބޯޅަ ކުޅުމާއި ދުރަން ދާން ނިންމި މިޅުންތެރިޔާ އަކީ މިރަށު ސަފާރީގެ މުހައްމަދު އިރުޝާދު (ރެޑޭ) އެވެ. 21 އޯގަސްޓް 1983 ގައި އުފަންވި މިހާރު އުމުރުން 27 އަހަރުގެ ރެޑޭ ކުޅުމާއި ދުރައްދާން ނިންމީ ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށް އޭނާވަނީ ބުނެފައެވެ. މިކަމުގެ އަސަރު ޕަސަންޓް ސްޕޯޓްސް ކުލަބަށް ވަރަށް ބޮޑަށް ކުރާނެ ކަން ޔަޤީނެވެ. ރެޑޭ ކުޅުން ހުއްޓާލި ނަމަވެސް ޓީމުގެ ފަހަތުގައި އަބަދުވެސް ހުންނާނެކަމުގައި އޭނާ ވަނީ ބުނެފައެވެ.
ރެޑޭގެ ފުޓްބޯޅައިގެ ހަޔާތުގައި އެންމެ ހަނދާނުން ފޮހެލަން ދަތި ދުވަހަކީ ކޮން ދުވަހެއްތޯ ލަންދޫ ހޮޅުއަށި.ޓީގެ ފަރާތުން ސުވާލުކޮށްލުމުން އޭނާބުނީ " އެންމެ ހަނދާންވަނީ އަތޮޅުމުބާރާތައް ތައްޔާރުވުމުގެ ގޮތުން ހޮޅުދޫ އާއި އެކު ހޮޅުދޫދަނޑުގައި އެކުވެރިކަމުގެ މެޗެއް ކުޅެވުނު ދުވަސް" ކަމުގައެވެ. އެދުވަހުގެ ރެޑޭ ބޮލުން ޖަހައިދިން ހިތްގައިމު ގޯލުގެ ވަހަކަ ވަރަށް ގިނަބަޔަކުވެސް ވަނީ ފާހަގަ ކޮށްފައެވެ.
މިބްލޮގުގެ ފަރާތުން ރެޑޭއަށް އުފާވެރި ދުވަސްތަކަކަށް އެދެމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ