ހޮލިޑޭ ކަޕުގެ ފޯރި ގަދަކުރުމުގެ ގޮތުން ކުޅުންތެރިންގެ ކުލަބު ބަދަލުކުރުމަށް ކުރީ އަހަހަރުތަކަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން މިހާރުވަނީ ޓްރާންސްފަރ ޤަވާއިދަށްވެސް ބޮޑެތި ބަދަލު ތަކެއް ގެނެސްފައެވެ. އެގޮތުން ބައެއް ކުޅުންތެރިންވަނީ އެހެން ކުލަބުތަކަށް ޓްރާސްފަރ ވުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް ޓީމުތަކުގައި ހިމެނޭ މުހިންމު ކުޅުންތެރިން ޓީމުން ދޫކުރަން ބޭނުން ނުވާކަމުގެ އަޑުތައްވެސް ދަނީ ފެތުރެމުންނެވެ. މީގެ ކުރިން ބައެއް ކުލަބުތަކުގެ އިސް ބޭފުޅުން ކުޅުންތެރިން ބަދަލުވާން ބޭނުންނަމަ އެކުޅުންތެރިންނަށް އެއްބާރުލުން ދޭނެކަމަށް ވަނީ ބުނެފައިވެއެވެ.
ބައެއް ކުޅުންތެރިން އެހެން ޓީމުތަކާއި ވާހަކަ ދައްކައިގެން އަމިއްލައަށް ޓްރާންސްފަރ ވާން މަސައްކަތް ކުރާއިރު ބައެއް ކުލަބު ތަކުން ބޮޑެތި އަގު ހުށައަޅައިގެން ޓީމުތަކަށް ކުޅުންތެރިން ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވަސް މިހާރު ލިބެމުންދާ ޚަބަރުތަކުން ޓީމުތަކުގައި ހިމެނޭ އެއްވެސް މުހިންމު ކުޅުންތެރިއަކު އެޓީމަކުން ދޫކުރާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
މިއަދާއި ހިސާބައް އައިއިރު ބައެއް ކުޅުންތެރިންވަނީ ޓީމުގެ ބައްދަލުވުން ތަކުގައިވެސް ޓްރާންސްފަރ ވުމަށް ބޭނުންވާކަމަށް ބުނެފައެވެ. ނަމަވެސް އެފަދަ ކުޅުންތެރިން އިތުރަށް ވިސްނުމަށް ބައެއް ޓީމުތަކުން ވަނީ ޚިޔާލުދީފައެވެ. އަޅުގަނޑު ޤަބޫލު ކުރާގޮތުގައި ކުޅުންތެރިއަކު ކުލަބު ބަދަލުކުރުމަށް ބޭނުންވާނީ ވަރަށް ބޮޑަށް ވިސްނާފައެވެ. އެއީ އެކަމުގެ ސަބަބުން އެކުޅުންތެރިޔާއަށްވެސް ފައިދާތަކެއް ކުރާނެ ކަމުގެ އުއްމީދު އޮންނާތީއެވެ. ނަމަވެސް ކުޅުންތެރިންނަށް ދޭންޖެހޭ މިނިވަންކަމަށް ކުލަބުތަކުން ހުރަސް އަޅާކަމަށްވާނަމަ އެކުޅުންތެރިންގެ ކުރިއެރުމަށް އެކަމުގެ ސަބަބުން އަސަރުކުރުމުގެ ފުރުޞަތުބޮޑުވާނެއެވެ.
0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ