٢٠١٠-١٠-٢٧

އަހުމަދު އަބްދުﷲ (ލިލީ) އާރު.އެސް ލިޔެސް ކޮލިޑޭކަޕަށް

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ނިއު ރޭޑިއަންޓުގެ މަޝްހޫރު ޑިފެންޑަރ ޅ.ހިންނަވަރު ލިލީމާގެ އަހުމަދު އަބްދުﷲ (ލިލީ) މިއަހަރުގެ އާރު.އެސް ލިޔެސް ހޮލިޑޭ ކަޕުގައި ވާދަކުރާ ޕަސަންޓް ސްޕޯޓްސް ކުލަބަށް ކުޅުމަށް އެއްބަސް ވެއްޖެއެވެ. ސްކޫލު ދައުރުން ފެށިގެން ފުޓްބޯޅައިގައި މީހުންގެ މަޤުބޫލުކަން ހޯދާފައިވާ އަހުމަދު އަބްދުﷲ އަށް އޭރުގައި ހިންނަވަރުގެ މީހުން ކިޔާ އުޅުނީ އެދުވަސްވަރު ރާއްޖޭގައި އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ލައްޗޭގެ ނަމުންނެވެ.
2004 ވަނަ އަހަރު ކިޔެވުން ނިންމާލުމަށްފަހު ރަށުގައި އޮތް ޖަމްއިއްޔާއެއް ކަމަށްވާ ހެސްޕަރެސް ގެ ކެޕްޓަންކަންވެސް އަދާކޮށްފައިވާ ލިލީ ނިއުރޭޑިއަންޓާއި ގުޅުނުތާ އަދި މާގިނަ އަހަރުތަކެއް ނުވެއެވެ. ނަމަވެސް މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ލިލީ ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިއެވެ. އެގޮތުން ހަވީރުން ހޮވާ އަހަރުގެ މޮޅުކުޅުންތެރިޔާއަށް މިއަހަރުގެ ދިރާގު ދިވެހި ލީގުގެ ދެވަނަބުރާއި ކޮކާކޯލާ އެފް.އޭ ކަޕުގެ ގަދަ ފަސްކުޅުންތެރިންގެ ތެރޭގައި ލިލީ ވަނީ ހިމެނިފައެވެ.
ހަމައެހެންމެ 23 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ފުރަތަމަ 11 ގައި ލިލީ ވަނީ ހިމެނިފައެވެ. މަޢުލޫމަތު ލިބިފައިވާ ގޮތުގައި މިމަހުގެ 28 ގައި ލިލީ 23 އަހަރުން ދަށުގެ ޤައުމީ ޓީމާއި އެކު ރާއްޖޭއިން ބޭރަށް ފުރާނެއެވެ.
ލިލީ އެނބުރި ރާއްޖެއަންނަހާ އަވަހަކަށް ޕަސަންޓް ސްޕޯޓްސް ކުލަބާ ގުޅޭނެކަމަށް މަޢުލޫމާތު ލިބެއެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ