٢٠١٠-١٠-٢٧

މިޒޯނުގައި މިވަގުތު ހުރި އެންމެ މޮޅު ކީއްޕަރު މިފަހަރު ޕަސަންޓުން

ށ.ފުނަދޫގައި އެންމެފަހުން ބޭއްވި ޔޫތުކަޕްގެ ދެމުބާރާތުގެވެސް އެންމެ މޮޅުކީއްޕަރުގެ މަޤާމު ހޯދާފައިވާ ނ.ހޮޅުދުއަށް އުފަން ހަސަން ޒަރީރު (ހަސަނިކެ) މިފަހަރުގެ އާރު.އެސް ލިޔެސް ހޮލިޑޭކަޕުގައި ޕަސަންޓް ސްޕޯޓްސް އިން ފެންނާނެ ކަމަށް އެޓީމުން ބުނެފިއެވެ. ހަސަނިކެވަނީ މީގެ ކުރިން ލަންދޫގެ ޓީމަށްވެސް ބޮޑެތި ކާމިޔާބީ ތަކެއް ހޯދައިދީފައެވެ.
މިހާރު ލަންދޫގެ ބޭކަނބަލަކާއި ކައިވެނި ކޮށްގެން އަންހެން ކުއްޖެ ލިބިފައިވާ ހަސަނިކެ ފާހަގަ ކުރެވިފައިވަނީ ހިތްވަރާއި އެކު މަސައްކަތްކުރާ ކީއްޕަރެއްގެ ގޮތުގައެވެ. އިދިކޮޅު ޓީމުތަކުން ޖަހާ ބޯޅަތައް ދިފާއު ކުރުމުގައި އެފަދަ ދެވަނައެއްނެތް ހަސަނިކެ އަކީ ޕަސަންޓް ޓީމުގެ ދާއިމީ ކުޅުންތެރިއެކެވެ.
މިދިޔައަހަރުގެ (2008) މުބާރާތުގައިވެސް ހަސަނިކެ ގެނައުމައްޓަަކައި ޕަސަންޓް ޓީމުން ވަނީ ވަރަށް މަސައްކަތްކޮއްފައެވެ. ނަމަވެސް އޭރު ކަންތައްހުރި ގޮތުން ހަސަނިކެއަށް ވަނީ މުބާރާތުގައި ބައިވެރިވެވޭ ގޮތް ނުވެފައެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގެ ހަސަނިކެ ފެންނާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް ޕަސަންޓް ޓީމުން ބުނެއެވެ. އެހެންކަމުން މިފަހަރުގެ މުބާާރާތުގައި ވާދަކުރާ ޕަސަންޓް ޓީމު އިތުރަށް ވަރުގަދަ ވެގެން ދާނެކަން ޔަޤީނެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ