٢٠١٠-١٠-٢٦

މިފަހަރު ހުރިހާ ޓީމެއްވެސް ފެންނާނީ މުޅިން އާ ކުލައެއްގައި

އާރު.އެސް ލިޔެސް ހޮލިޑޭކަޕަށް ޓީމުތަކުން ވަރަށް ބޮޑަށް ތައްޔާރުވަމުން އެބަދެއެވެ. ކުރީ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ހުރިހާ ޓީމަކުންވެސް މުބާރާތުގައި ބޭނުން ކުރުމަށް މުޅިން އައު ޖޯޒީ ގަތުގެ މަސައްކަތް ދަނީ ވަރަށް ފޯރިއާއި އެކު ކުރަމުންނެވެ.
މަޢުލޫމާތު ލިބޭގޮތުގައި 2008 ވަނަ އަހަރުގެ ލިޔެސް ހޮލިޑޭކަޕުގެ 3 ވަނަ ޓީމުކަމުގައިވާ ޕަސަންޓް ސްޕޯޓްސްގެ ޓީމު މިފަހަރު ނުކުންނާނީ އެޓީމު 2007 ވަނަ އަހަރުގެ ހޮލިޑޭކަޕްގައި ލީ ޖޯޒީގެ ކުލަ ކަމުގައިވާ ހުދުކުލައިގެ ޖޯޒީގައެވެ. ހަމައެހެންމެ 2008 ވަނަ އަހަރުގެ މުބާރާތުގެ ފުލަށް ދިޔަ ވެލޯސިޓީއިން މިފަހަރުގެ މުބާރާތުގައި ބޭނުން ކުރާނީ ކަޅު ކުލައިގެ ޖޯޒީ ކަަމަށް ވަނީ މަޢުލުމާތު ލިބިފައެވެ. މީގެ އިތުރުން ހޮލިޑެ ކަޕްގެ ތަށި ދިފާއު ކުރުމަށް ނުކުންނަ އޮކާޗީ ޓީމުން މިފަހަރު ބޭނުން ކުރަނީ 2008 ވަނަ އަހަރުގެ މުބަރާތުގައި ވެލޯސިޓީއިން ބޭނުންކުރި ޖޯޒީ ބައިގެ ކުލަކަމުގައިވާ ދޮންކުލައިގެ ޖޯޒީބައެކެވެ.
2008 ވަނަ އަހަރުގެ މުބަރަތުގެ ރަނަރަޕް ޗެލެންޖާސްއިން މިފަހަރުގެ މުބާރާތުގައި ބޭނުންކުރާނީ ކޮން ކުލައެއްގެ ޖޯޒީއެއް ކަމެއް އަދި ނޭންގެއެވެ. އެޓީމު އެންމެފަހުން ބޭނުން ކޮށްފައިވަނީ ރަތްކުލައިގެ ޖޯޒީބައެކެވެ. ބޮޑަށް ލަފާކުރެވެނީ އެޓީމުން މިފަހަރު ބޭނުންކުރާނީ ރަތްކުލަކަމުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލަންދޫ ބޯޓު ދެން މާލެދާ ދަތުރެއްގައި ޗެލެންހާސްގެ އިސްބައެއް ކުޅުންތެރިން ޖޯޒީބައި ގަތުމަށްޓަކައި މާލެ ދާނެއެވެ.


0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ