٢٠١٠-١٠-٢٦

ކޮކާކޯލާ އެފް.އޭ ކަޕްގެ ގަދަ ފަސްކުޅުންތެރިން

ހަވީރު ސްޕޯޓްސް އެވޯޑަށް އެފް.އޭ ކަޕުން ވާދަކުރާ ގަދަ 5 ކުޅުންތެރިންގެ ނަންތައް އެކަމަށް އައްޔަން ކޮށްފައިވާ 18 ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ ފަނޑިޔާރުންގެ ޕެނަލްއިން ކަނޑައަޅައިފިއެވެ.
ހަވީރުގެ ރަން ޓްރޮފީއާއި އެކު -/30000 (ތިރީސްހާސް) ރުފިޔާ ހުށައަޅާފައިވާ އެންމެ މޮޅު ފުޓްބޯޅަކުޅުންތެރިޔާގެ މަޤާމަށް އެފް.އޭ ކަޕުން ވާދަކުރަނީ ޗެމްޕިއަން ވިކްޓަރީގެ ޑިފެންޑަރ މުހައްމަދު ޖަމީލު އާއި މުހައްމަދު އާރިފް (ބަކާ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ އިތުރުން ރަނަރަޕް ނިއު ރޭޑިއަންޓުގެ ޒުވާން ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އަދި އަހުމަދު ތޯރިގު (ޓޮމް) އެވެ.
މީގެ އިތުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވާދަ ކުރާ 3 ކުޅުންތެރިންގެ ނަންތައްވެސް ވަނީ ފަނޑިޔާރުންގެ ޕެނަލްއިން ކަނޑައަޅާފައެވެ. މިކުޅުންތެރިންނަކީ މާޒިޔާގެ ފޯވާޑް އަލީ ނާފިއު (ކަޅޭ) އާއި ވެލެންސިޔާގެ ރިލުވާން ވަހީދު (ރިލޭ) އާއި އަސަދުﷲ އަބްދުﷲ އެވެ.


0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ