ލިޔުނީ: ފާތިމަތު ނަޝްފާ / އުފާ
އެއްދުވަހުކު ޢަލީ އާއި ޢަލީ ގެ މަންމަ ހިނގާލަން ދިޔައެވެ. ހިނގަމުން ދަނިކޮށް ޢަލީ އަށް ފެނުނީ ފާރެއްގައި އިން ކާޅެއް ސީ ލަނިކޮށެވެ. އެވަގުތު އެތައް ދައްކާފާ ޢަލީ ބުނީ " މަންމާ ، ކާޅު އެޔޮއްގެން ސީ ލީ " އެވަގުތު މަންމަ ބުންޏެވެ. ދަރިފުޅާ ސީ ނުކިޔާށެވެ. ޕުއްޕު ކިޔާށެވެ.
ޖެހިގެން އައިދުވަހު ޢަލީ ދިޔައީ ސުކޫލަށެވެ. އެދުވަހު ދުރުވި މުދައްރިސް ނަންގަވާދެއްވީ އޭ. ބީ. ސީ. ޑީ އެވެ. މުދައްރިސް ފިލާވަޅު ނެންގެވުމަށްފަހު ފަހަރަކު ކުއްޖަކު ލައްވާ ދިޔައީ އޭ.ބީ.ސީ.ޑީ ކިޔުއްވަމުންނެވެ. އެގޮތުން މާ ލަސްތަކެއް ނުވެ ޢަލީ އަށް ފުރުޞަތު ލިބިއްޖެއެވެ. ޢަލީ އޭ. ބީ. ސީ. ޑީ ކިޔަން ފަށައިފިއެވެ.
ޢަލީ : އޭ ، ބީ ، ޕުއްޕު ، ޑީ
މުދައްރިސް: ޢަލީ ކޮން ޕުއްޕު ޑީ އެއް ؟
ޢަލީ: އަޅުގަނޑުގެ މަންމަ ބުނުއްވީ ސީ ނުކިޔާށޯ ! ޕުއްޕު ކިޔާށޯ .....

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ