٢٠١٠-١٠-٢٦

ލިޔެސްގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ރޭގައި ބާއްވައިފި


ލިޔެސްގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ރޭގެ 8.45 ގައި ލިޔެސް އޮފީހުގައި ވަނީ ބާއްވާފައެވެ. މިބަްއްދަލުވުމުގައި އާރު.އެސް ލިޔެސް ހޮލިޑޭކަޕާއި އަދި ލިޔެސް ޖަމްޢިއްޔާގެ އޮފީސް އެޅުމަށް ބަނަދރު ސަރަޙައްދުން ނެގިފައިވާ ބިމުގައި ޢިމާރާތް އެޅުމުގެ ގޮތުންވެސް ވަނީ ވާހަކަ ދެކެވިފައެެވެ. އެގޮތުން އާރު.އެސް ލިޔެސް ހޮލިޑޭކަޕްގެ ލޯގޯއަށް އިސްލާޙަށް އެދި އާރު.އެސް ލިޔެސް ހޮލިޑޭކަޕް ސުޕޮންސާރ ކޮށްފައިޥާ ފަރާތެްކަމަށްވާ ވަސީމްގެ ( ރީންދޫ ވަސީމް ) ގެ ހުށަހެޅުން ވަނީ ފާސްވެފައެވެ. އެބޭފުޅާގެ އެދުމުގެ މަތިން ހޮލިޑޭކަޕްގެ ލޯގޯގައިވާ އާރު އަކުރަށް ފެހިކުލައިގެ ބަދަލުގައި ރީންދޫ ކުލަ ލައިގެން ބޭނުން ކުރުމަށް ވަނީ ހިންގާ ކޮމެޓީން ފާސްކޮށްފައެވެ.
މީގެ އިތުރުން ހޮލިޑޭކަޕް ލޯންޗް ކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ދުވަހަކާއި އެ ހަފްލާ ރޭވިގެންދާނެ ގޮތްވެސް ވަނީ ރޭގެ ބައްދަލުވުމުގައި ފާސްކޮށްފައެވެ. އެގޮތުން އެ ޙަފްލާ ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން ޖުމްހޫރީ ދުވަހު ( އަންނަ ނުވެމްބަރ މަހުގެ 11 ) ވަނަ ދުވަހުގެ ރޭ ލަންދޫ ކުޅިވަރު ސުޓޭޖްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޙަފްލައިގާ ޓުރާންސްފަރ ޤަވާޢިދާއި ހޮލިޑޭކަޕްގެ ޤަވާޢިދަށް ގެނެވުނު އިޞްލާޙުތަކާއި އެކު ހުށަހަޅާއި ދެވޭނެއެވެ. އަދި ހޮލިޑޭކަޕްގެ ލޯގޯ ދައްކާލުމާއި ޓީމްތަކުގެ މެދުގައި ގުރުއަތު ނެގުމާއި، ޓީމު ތަކުގެ ޖޯޒީ ދައްކާލުންވެސް އޮންނާނެއެވެ. އަދި މީގެ އިތުރުންވެސް 2008 ވަނަ އަހަރުގެ ހޮލިޑޭކަޕްގެ ރިޕޯރޓެއް އިއްވުންވެސް އޮންނާނެއެވެ.
މި ބައްދަލުވުމުގައި ވަނީ ލިޔެސް ޖަމްޢިއްޔާއިން ހޮލިޑޭކަޕަށް ޚަރަދު ކުރާނެ ފައިސާގެ ބަޖެޓެއް އެކުލަވާލައިފައެވެ. އެގޮތުން 7000 ރުފިޔާގެ ބަޖެޓެއްވަނީ އެކުލަވާލެވިފައެވެ. އަދި އިތުރަށް ޚަރަދު ކުރަން ޖެހިއްޖެ ނަމަ ޚަރަދު ކުރުމަށްވެސް ވަނީ ހިންގާ ކޮމެޓީން ފާސްކޮށްފައެވެ. އާރު.އެސް ލިޔެސް ހޮލިޑޭކަޕަށް ތައްޔާރު ވުމުގެ ގޮތުން ދަނޑު ހެދުމަށް ބޭނުންވާ ފައިސާ ހޯދުމަށް މިހާރު ވަރަށް ގިނަ ފަރާތްތަކަކަށް ސިޓީ ފޮނުވިފައިވާނޭ ކަމަށް ނައިބު ރައީސް ސަލީމް ޙުސައިން ވިދާޅުވިއެވެ. އެގޮތުން ލެކިއުޓް، ވިލާ، އެމް.ޑީ.ޕީ ، ޑީ.އާރު.ޕީ، ވީބީ މާރޓް، ވަތަނިއްޔާ އަދި ދިރާގުގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު ޢީސާއަށް ސިޓީ ފޮނުވިފާ ވާނޭކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ