٢٠١٠-١٠-٢٥

އާރު.އެސް ލިޔެސް ހޮލިޑޭކަޕުގައި މިފަހަރު ފެންނާނެ ކަމަށްބެލެވޭ އެންމެ ޒުވާން ކުޅުންތެރިން

ލަންދޫ އަކީ ފުޓްބޯޅައިގައި އަތޮޅުފެންވަރުގައި ފާހަގަ ކޮށްލެވޭ ރަށެކެވެ. އެގޮތުން ލަންދޫ ޓީމުގައި އަތޮޅު ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިންވެސް ފުދޭވަރަކަށް އެބަތިއްބެއެވެ. އޭގެތެރޭގައި މިހާރު ލަންދޫގައި ހުރި އެންމެ މޮޅުކުޅުންތެެރިޔާ ކަމަށް ގިނަބަޔަކު ބުނާ ޔޫއްޓޭ އާއި އޭނާގެ ކޮއްކޮ ނާގެ އާއި ސަމައްޓޭ އަދި ހުނަރުވެރި ކުޅުންތެރިޔާ ޖަވާ އަދި އަޕީ ފަދަ ކުޅުންތެރިން ފާހަގަ ކޮށްލެވެއެވެ.
ހަމައެހެންމެ އެފަދަ ކުޅުންތެރިންގެ ފަހަތުން އަރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައިވެސް ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ފެންނަމުންދާކަން އުފަލާއިއެކު ފާހަގަ ކޮށްލަންޖެހެއެވެ. މިއީ ލަންދޫގެ ފުޓްބޯޅައިގެ މުސްތަޤުބަލް އުޖާލާވާނެ ކަމުގެ އަލިގަދަ ހެއްކެކެވެ. މިފަދަ ކުޅުންތެެރިންގެ ކުޅުމުގެ ހުނަރު ދައްކާލުމަށް ލިބިގެންދާނެ އެއްމެ ބޮޑު ފުރުޞަތަކީ ރަށުގައި ބޭއްވޭ ބޮޑެތި މުބާރާތްތަކުގައި ކުޅުމުގެ ފުރުޞަތު އެކުޅުންތެރިންނަށް ހޯދައިދިނުމެވެ. އެގޮތުން މިހާރު ލަންދޫގައި ލިޔެސް ޖަމުއިއްޔާގެ ފަރާތުން ހޮލިޑޭ ކަޕަށް ބަހާފައިވާ ޓީމުތަކަށްވެސް ކުޅުންތެރިން ވަނީ ބަހާފައެވެ.
އެގޮތުން މިފަހަރުގެ މުބާރާތުގައި ދަނޑުމަތިން ފެންނާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި އަހުމަދު ސަންމޫނު ، ހަސަން ނިޝާން އަދި އަހުމަދު އާޒިމް ފާހަގަ ކޮށްލެވެއެވެ. މި 3 ކުޅުންތެރިންނަކީވެސް މިހާރުވެސް ވަރަށް ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުންދާ 3 ކުޅުންތެރިންނެވެ. މި 3 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަހުމަދު އާޒިމް ވަނީ 2008 ވަނަ އަހަރުގެ ރީންދޫކަޕުގައި ވެލޯސިޓީއާއި ޕަސަންޓް ބައްދަލުކުރި މެޗުގައި ޕަސަންޓް ޓީމަށް ކުޅެފައެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ