٢٠١٠-٠٩-٠٧

މިކަމާއި ވިސްނާލުން ކީއްތޯ

ލަންދޫއަކީ ދުރުމުސްތަޤުބަލަށް ބަލައިގެން ރަށުގެ ޕްލޭން ތައްޔާރުކުރަމުން އަންނަ ރަށެކެވެ. އެކަން ރަށުތެރެއަށް ބަލާލުމުން ކޮންމެ މީހަކަށްވެސް ފާހަގަ ކުރެވޭނެއެވެ. ރަށުގެ މަގުތަށް ހަދާފައިވާ ވާލެއް ފުރިހަމަ ކަމާއި ހިތްގައިމު ކަމުންނެވެ. މިކަމުގެ އުފާ ހާޞިލް ކުރުމުގެ ބޭނުމުގައިވިޔަސް އަދި ހަމައެހެންމެ އަމިއްލަ ފަސޭހައަށް ވިޔަސް ލަންދޫއަށް އެންގަމުަގައި ދުއްވާ އިންޖީނުލީ އުޅަނދު އަންނަނީ އެތެރެކުރަމުންނެވެ.
ލަންދޫގެ މަގުތަކުގެ ފަސޭހަކަށް އެންމެ ރަނގަޅަށް އިހުސާސް ކުރެވޭނެ އެއްފަރާތަކީ އެފަދަ ތަކެތި ދުއްވާ ފަރާތްތަކެވެ. ނަމަވެސް މަދުން ނަމަވެސް މިރީތި ހިތްގައިމު މަގުތަކުގެ ބޭނުން ނޭދެވޭ ގޮތެއްގައި މަދުފަރާތްތަކަކުން ހިފަމުންދާ ވާހަކައެވެ. ބާރު ސްޕީޑްގައި އެފަދަ އުޅަނޑުތައް ދުއްވަފައިދާއިރު ތިމާއަށާއި ތިމާގެފަރާތުން އެހެންމީހަކަށް ލިބިދާނެ ގެއްލުމަކާއި މެދު ނުވިސްނާކަމެވެ.
ތިމާގެ ފަރާތުން އެހެންމީހަކަށް ގެއްލުމެއް ލިބެން ނޭދޭ ހާލު އެފަދަ ނުކައްތެރި ކަންތައްތައް ކުރަމުން އެދަނީ ލިބޭ މަދު ވަގުތުކޮޅުގެ ހިތްހަމަޖެހުމަށް ބަލާފައެވެ.
އެފަދަ ފަރާތްތަކަށް މިބްލޮގުގެ ފަރާތުން މިފަދަ ނުރައްކާތެރި އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވަމެވެ. ތިމާ ދުއްވާ އުޅަނދަކީ އަނެއްކުންގެ ސަލާމަތައް ވިސްނައިގެން ދުއްވާ އުލަނދަކަށް ހަދަމާތޭއެވެ.
މިރަށުގެ މަގުތަކަކީ އެންމެންނަށް އަމާންކަން މަތީ ހިނގާ ބިނގާވެ އުޅެވޭފަދަ ތަނަކަށް ހަދަމާތޯއެވެ

1 ޚިޔާލު:

غير معرف يقول...

މިއީ ހަމައެކަނި ތިރަށުގެ މީހުން ވިސްނާލަން ވީ މަކެއް ނޫން އެންމެވެސް ވިސްނާންވެއް... މިހާރު މާލަސްވެއް ވެއްޖެ

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ