ކުޑަފަރި މެޗަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ފުރަތަމަ ފަރިތަކުރުން މިއަދުގެ ހަވީރު 4:30 ގައި ޒުވާނުންގެ ފުތްބޯޅަ ދަނޑުގައި އޮންނާނެ ކަމުގެ މަޢުލޫމާތު ލަންދޫހޮޅުއަށި ބްލޮގަށް ލިބިއްޖެއެވެ. ފަހަކަށް އައިސް ލަންދޫ ޒުވާނުންގެ ޓީމުގެ ޒިންމާދާރު ކެޕްޓަންގެ މަޤާމު ކުރަމުންދާ ހަސަން މާހިރު (ކައްޕި) މިއަދު މަޢުލޫމާތު ދިން ގޮތުގައި ވަރަށް ގިނަފަހަރު ޕްރެކްޓިސް ބޭއްވުމަށް ވަނީ މަސައްކަތް ކުރެވި ނާކާމިޔާބުވެފައެވެ.
ކައްޕިއަކީ ލަންދޫގެ ކުޅުން ތެރިންނަށް ފުޓްބޯޅަ ދަނޑުމަތީގައި ހުރި ނަމުނާ ކުޅުންތެރިއެކެވެ. އެއީ އޭނާގެ ހިތްވަރު ގަދަ ކަމާއި މަސައްކަތުގެ ރޭޓް މަތިކަމުން ނެވެ. ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ކުޑަފަރި މެޗުގައިވެސް ކެޕްޓަންކަން ކުރުން އެންމެ ގާތީ ހަސަަން މާހިރު (ކައްޕި) އެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ