9.52
ލަންދޫ އިންފޯއަށް ދިމާވި މައްސަލަ އަދިވެސް މުޅިން ރަނގަޅު ނުވާކަމަށް މި ބްލޮގަށް މަޢުލޫމާތު ލިބިއްޖެއެވެ. 8.45ގައި ޙައްލުވި މައްސަލަތައްވެސް އަނެއްކާވަނީ ފެންމަތިވެފައެވެ. އަދިވެސް ލަންދޫ އިންފޯގެ ޓީމުންދަނީ ވީހާވެސް އަވަހަކަށް މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
8.45
ލަންދޫ އިންފޯއަށް ދިމާވި މައްސަލަ މިހާރު ރަނގަޅު ކޮށްފި ކަމަށް މިބްލޮގަށް ދާދި ދެންމެއަކު ޚަބަރު ލިބިއްޖެއެވެ. މިޚަބަރު ލިބުމައި އެކު މިބްލޮގުގެ ފަރާތުންވެސް އެކަންބަލާ މިހާރު ވަނީ ކަށަވަރުކޮށްފައެވެ.
6.45
ދާދި ދެންމެއަކު މިބްލޮގަށް މަޢުލޫމާތު ލިބުނު ގޮތުގައި ލަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހަމައެކަނި ވެބްސައިޓް ކަމަށް ވާ ލަންދޫއިންފޯ މިއަދު ހެނދުނުގެ ވަގުތެއްގައި ހެކް ކޮށްފިއެވެ.
މިއީ މިވީ ދެއަހަރު ދުވަހުގެ ތެރޭ މިސައިޓް ހެކްކުރި 3 ވަނަފަހަރު ކަމަށްވެސް ލަންދޫ އިންފޯ ޓީމުން ވަނީ ބުނެފައެވެ.
މިސައިޓަށް ވަނުމުން ކޮމްޕިއުޓަރ އަށް ވައިރަސް އެއް އޮޓަމެޓިކް އިން ފޮނުވާލައެވެ. ހަމައެހެންމެ މިސައިޓަށް ވަދުނީމަ ވަރަށް ހިތްގައިމު އަރަބި ލަވައެއް އަޑު އިވޭ ކަމަށް މިބްލޮގަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އިތުރު މަޢުލޫމަތު އަންނަނީ

1 ޚިޔާލު:
landhooinfo ah thiya bahattavaa sauguveri kamah takaiy nihaayathah sukuruverivah , adhi bunelah mihaaru mirashu hingaa blog thakuge thereine emme fakkaa blogaky landoo history , mivaahaka jahaala dhybala.
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ