٢٠١٠-١٠-١٤

"ބޯއީފްރެންޑް" އޭނާގެ ރައްޓެހިންތަކެއް ބައިވެރިކޮށްގެން "ގާރލްފްރެންޑު" ރޭޕުކޮށްލައިފި.


ލިޔުނީ: އަލްއަޚް އިބްނި ނޫޙް

ރައްޓެއްސަކާއެކު ގެސްޓުހައުސްއަކަށްދިޔަ ޢުމުރުން 17 އަހަރުގެ "ކުޑަ" އަންހެންކުއްޖަކު ގިނަ ފިރިހެނުންތަކެއްވެގެން ރޭޕުކޮށްލައިފިއެވެ. ޚަބަރު ލިބޭގޮތުގައި އެކުއްޖާ ގެސްޓުހައުސްއަށް ދިޔައީ އޭނާގެ " ބޯއީފްރެންޑް" އާއިއެކުގައެވެ. އެކުއްޖާ ރޭޕުކޮށްލުމުގައި " ބޯއީފްރެންޑް" ވެސް ބައިވެރިވެފައިވާކަމަށް ޚަބަރުލިބެއެވެ. 14 އަހަރުގެ އަންހެންކުއްޖަކު ރޭޕުކޮށްލުމަށްފަހު އޭނާގެ ގާތްގަ ކަޓަރުއެޅިތާ މާގިނަދުވަހެއްނުވެ، އިއްޔެރޭ ދަންވަރު ހިނގި މިޙާދިޘާއަށްފަހު މިހާރުވަނީ ބައެއްމީހުން ހައްޔަރުކޮށްފައެވެ. ލަފާކުރެވޭގޮތުގައި ހައްޔަރުކޮށްފައިވަނީ ފިރިހެނުންތަކެވެ. ދަންވަރު ހިލޭފިރިހެނަކާއެކު ގެސްޓުހައުސްއަށްދިޔަ 17 އަހަރުގެ "ގާރލްފްރެންޑު" ހައްޔަރު ކުރިކަމެއް މީޑިއާ ރިޕޯޓަކުން އަދި އެނގިފައެއްނެތެވެ.
"ކުޑަ" ކުދިން މީހުންނާއި ހިތާވެގެން ފާޑުފާޑުގެ ތަންތަނަށް އެކުދިންގެ ބޯއީފްރެންޑުންނާއެކު ދިޔުމަކީ މިއަދުގެ ޒަމާނީ ބެލެނިވެރިންވެސް އެހާ ދެކޮޅުހަދާކަމެއްނޫނެވެ. އެއީ ކޮންމެކުއްޖަކަށްވެސް އެކުއްޖަކު ބޭނުންވާ "ފްރީޑަމް" އެއްދޭންޖެހެއެވެ. މައްސަލަޖެހެނީ ދަރިފުޅު ޒިނޭކުރަމުން ދުވާތީއެއްނޫނެވެ. މައްސަލަޖެހެނީ ޒިނޭކޮށްގެން ނަހަލާލަށް ބަނޑުބޮޑުވާތީއެވެ.
ކޮންމެއަކަސް މިއަދު ރޭޕުކުރުންވެސް މިވަނީ ވަރަށްބޮޑަށް ޢާއްމުވެފައެވެ. އަދި ވަރަށް އާދައިގެ ކަމަކަށްވެފައެވެ. މިފަދަކަންތައްތަކަކީ ﷲ ގެ ޝަރީޢާ ބޭނުން ނުވެގެން ކާފަރުޤައުމުތަކުން ގެނައި ޑިމޮކްރަސީގެ ތެރޭގައި ކޮންމެހެންވެސް ވާނެކަންތައްތަކެވެ. ޑިމޮކްރަސީގައި ޢަދުލުއިންސާފެއްނޯންނާނެއެވެ. އެއީ ވަޟުޢީ ޤާނޫނެވެ. މީހުންވެސް މަރަންވީއެވެ. މީހުންގެ މުދާވެސް ލޫޓުވަންވީއެވެ. އަންހެންކުދިންގެ ޢިއްފަތްވެސް ފޭރިގަންނަންވީއެވެ. އެހުރިހާކަމެއް ހިންގާމީހުން ހިމާޔަތްކުރަން ފާޑުފާޑުގެ ކޮމިޝަންތައް ހެދިފައިވާނެއެވެ. އެމީހުންނަށް ހުރިހާ "ރައިޓްސް" އެއް ލިބޭނެއެވެ. މިއީ ނަމޫނާ ޑިމޮކްރަސީ އައީމާ ވާގޮތްގޮތެވެ.
ކޮންމެއަކަސް އަޅުގަނޑުމެން އަދިވެސް މިއުޅެނީ ސްކޫލުތަކުގައި ފިރިހެން ކުދިންނާއި އަންހެންކުދިންގެ އަޚްލާޤު ރަނގަޅުކުރުމަށްޓަކައި ދެޖިންސު މިކްސް ނުކުރެވިގެންނެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އަޅުގަނޑުމެންނަށް މިތިބެނީ ކިހިނެއް ވެފައިތޯއެވެ.
ނޯޓް: މިއީ ރާއްޖެ އިސްލާމުން ނަގާފައިވާ ލިޔުމެކެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ