٢٠١٠-١٠-١٤

އާރު.އެސް ހޮލިޑޭކަޕްގެ ލޯގޯ ފަރުމާކުރުމުގެ ވަގުތު ހަމަވަނީ


އާރު.އެސް ހޮލިޑޭކަޕްގެ ލޯގޯ ފަރުމާކުރުމަށް ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ލިޔެސްގެ ފަރާތުން އިޢުލާން ކޮށްފައެވެ. މިއަދުގެ 4 ޖެހުމާއި ހަމައަށްވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. މިވަގުތު ހަމަވެގެން ދާއިރު މިކަމަށް ޒުވާނުންގެ ހިތުގައި ވަނީ ވަރަށް ޝައުޤުވެރިކަން އުފެދިފައެވެ. ލޯގޯ ފަރުމާކުރުމަށް އެދޭ ކޮންމެ ފަރާތަކަށް ގިނަވެގެން 3 ލޯގޯ ފަރުމާ ކުރެވޭގޮތަށްވަނީ ލިޔެސްގެ ހިންގާ ކޮމެޓީން ހަމަޖައްސާފައެވެ. އެހެންނަމަވެސް 1 ލޯގޯ ހުށަހަޅާފަރާތްތަކުގެ ލޯގޯވެސް ބަލައިގަތުމަށްވަނީ ހަމަޖައްސާފައެވެ.
ލޯގޯ ހުށަހަޅާއިރު ހާރޑްކޮޕީ އާއި ސޮފްޓްކޮޕީވެސް ބޭނުންވާނޭ ކަމަށް ލިޔެސްގެ ނައިބުރައީސް ވަނީ ވިދާޅުވެފައެވެ. އަދި އާރު.އެސް ހޮލިޑޭކަޕްގެ ލޯގޯ އެއް ހޮވުމަށްވެސް ވަނީ ކޮމެޓީއެއް އެކުލަވާލައިފައެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ