٢٠١٠-١٠-٢٢

ދިވެހި ފިލުމު " ނިއުމާ " އެޅުވުން ކެންސަލް ކޮށްފި


ލަންދޫގައި ދީނީ ހޭލުންތެރިކަން އިތުރުވެގެން ގޮސްފައިވާ ދުވަސް ވަރަކަށް ވެފައި ލަންދޫގެ ފަސްގަނޑުގައި ޓިކެޓް ވިއްކައިގެން ބޮޑު ސުކުރީނުގައި ފިލްމު އެޅުވުމަކީ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ ލިޔެސްގެ ދީނީ ކަންތައްތަކާއި ބެހޭ ގޮފީންނާއި ގިނަ އަދަދެއްގެ ހިންގާ ކޮމެޓީގެ މެމްބަރުން ނުރުހުން ފާޅުކޮށްފިއެވެ.
ލިޔެސްގެ ދީނީ ކަންތައްތަކާއި ބެހޭ ގޮފީން ދެއްވި ހިޔާލުތައް މިހާރު ވަނީ ބަލައިގެން ދިވެހި ފިލުމު ނިއުމާ ނޭޅުވުމަށް ނިންމާފައެވެ.
" ކުރިން މާބޮނޑަށް ވިސްނައި ނުލެވުނީ ، އެއްވެސް ބޭފުޅަކު ސައިޓްގައި ޖެހުމުންވެސް އެއްޗެކޭ ބުނެފައި ނެތީމަ. އެކަމު މިހާރު ލިޔެސްގެ ދީނީ ކަންތައްތަކާއި ބެހޭ ގޮފީންނާއި ގިނަ އަދަދެއްގެ ހިންގާ ކޮމެޓީގެ މެމްބަރުން ގެ ވާހަކަ ތަކުން މީ އެހޭ ރަގަޅު ކަމެއް ނޫންކަން އެގިއްޖެ. އަހަރެމެންނަކީ ބުނާބަހުގައި ހިފައިގެން ގޮތް ދޫނުކޮށް ތިބޭނެ ބައެއް ނޫން. ކިތެއްމެ ދެރަ މީހަކު ރަގަޅު އެއްޗެއް ބުންޏަސް ގަބޫލު ކުރާނަން" ލިޔެސް ގެ އެއްނައިބު ރައީސް ޔޫސުފް އަބުދުއްރަހީމް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން މި ބްލޮގުގެ ފަރާތުން ޔޫސުފް ޢަބުދުއްރަޙީމްއަށް ހޫނު ތަހުނިޔާއަކާ މުބާރިކް ބާދީއެއް ރައްދުކުރަމެވެ.

1 ޚިޔާލު:

غير معرف يقول...

film alhuwaanann

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ