މިއަދު ހަވީރު ލަންދޫ ފުޓްބޯޅަ ދަނޑުގައި އެމް.އެން.ޑީ.އެފް ފުޓްބޯޅާ ޓީމަކާއި ލިޔެސްގެ ފުޓްބޯޅަ ޓީމަކާއި ދެމެދު ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަމެޗުން ލިޔެސްގެ ފުޓްބޯޅަ ޓީމު ތަފާތު ބޮޑު ނަތީޖައަކުން މޮޅުވެއްޖެއެވެ. އެހެން ކަމުން ފުރަތަމަވެސް މިބްލޮގުގެ ފަރާތުން ލިޔެސްގެ ފުޓްބޯޅަ ޓީމަށް މަރުޙަބާ ދަންނަވަމެވެ.
މެޗުގެ ކުޅުން ފެށިގެން މާގިނައިރުތަކެއް ނުވަނީސް އެމް.އެން.ޑީ.އެފް ޓީމުގެ ޖޯޒީ ނަމްބަރ 10 ވަނީ ގޯލެއް ޖަހާ އެޓީމަށް ކުރިހޯދަދިފައެވެ. ނަމަވެސް އޭގެ އިރުކޮޅެއްފަހުން ލިޔެސް ޓީމުގެ ހުނަރުވެރި ފޯވާރޑް ހުސައިން ޖަވާދު (ޖަވާ) ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ 1-1 ން އެއްވަރު ކޮށްފައެވެ. މިމެޗާއި މެދު ކުޅުންތެރިން މާބޮޑަށް ސީރިއަސް ނުވުމުގެ ނަތީޖާއެއްގެ ގޮތުން އެމް.އެން.ޑީ.އެފް ޓީމުގެ ޖޯރޒީ ނަމްބަރ 7 ވަނީ ގޯލެއްޖަހާ މެޗުގެ ނަތީޖާ 1-2 ށް ބަދަލުކޮއްފައެވެ.
މިލަނޑަށްފަހު ލިޔެސް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ސީރިއަސް ކަން ފެނިގެން ދިޔައެވެ. އެގޮތުން ލިޔެސް ޓީމުގެ ދެކުޅުންތެރިއަކު ވަނީ ބަދަލުކޮށްފައެވެ. އެއީ އަނިޔާގެ ހުރެ ކުޅެން ނުކުން އަހުމަދު ރަޝީދު (ލައިބް) ގެ ބަދަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އިނާޒް (އަޕީ) އާއި މާކަރަކަށް ކުޅެމުންދިޔަ އަހުމަދު މުހައްމަދު (ރަޕަލާ) ގެ ބަދަލުގައި ހަސަން ހަލީމް ވަނީ ކުޅެން ނުކުމެފައެވެ. މިބަދަލަށްފަހު ލިޔެސްގެ ޓީމުގެ ކުޅުން ރަނގަޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުން ކުޅެން ނުކުން ޖޯޒީ ނަމްބަރ 4 އަޕީ ވަނީ ގޯލެއް ޖަހާ މެޗުގެ ނަތިޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-2 ން ދެޓީމުވެސް އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ކުޅެން ނުކުން އިރު ލިޔެސްގެ ޓީމުން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިހާފު ފެށިގެން މާގިނައިރު ތަކެއް ނުވަނީ ލިޔެސް ޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ ޔޫސުފް އ.ރަހީމް (ޔޫއްޓޭ) ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތިޖާ ފުރަތަމަ ފަހަރަށް 3-2 ން ލިޔެސްގެ ކޮޅަށް އަނބުރާލާފައެވެ.
މިލަނޑަށްފަހު އަނެއްކާވެސް ލިޔެސްގެ ޓީމުން ދެބަދަލެއް ފެނިގެން ދިޔައެވެ. އެއީ މެޗުގައި ލިޔެސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޖޯޒީ ނަމްބަރ 10 ޝިނާން އަބްދުލް ޤަނީ (ސިންނޭ) ގެ ބަދަލުގައި މަޝްހޫރު ފޯވާރޑް މުހައްމަދު އިރުޝާދު (ރެޑޭ) އާއި މާކަރަކަށް ކުޅެމުންދިޔަ ސާހިދު މުހައްމަދު (ޝާޑް) ގެ ބަދަލުގައި ހަސަން ސައިފް (ސައިއްޕެ) ވަނީ ކުޅެން ނުކުމެފައެވެ.
އޭގެއިރު ކޮޅެއްފަހުން ލިޔެސްޓީމުގެ ހަސަން ހަލީމްގެ ބަދަލުގައި އިބްރާހިމް ސައުދު ވެސް ވަނީ ކުޅެން ނުކުމެފައެވެ. އޭގެ އިރުކޮޅެއްފަހުން ލިޔެސް ޓީމުގެ އަޕީ ވަނީ ލަނޑެއްޖަަހާ މެޗުގެ ނަތީޖާ 4-2 ށް ބަދަލުކޮށްލަފައެވެ. މެޗު ނިމެން ވަރަށް ކައިރިވެފައިވަނިކޮށް ލިޔެސް ޓީމުގެ ޖޯޒީ ނަމްބަރ 12 މުހައްމަދު ސަމާހު ވަނީ ވަރަށް ހިތްގައިމު ގޯލެއްޖަހާ މެޗުގެ ނަތީޖާ 5-2 ށް ބަދަލުކޮށްފައެވެ. މީގެ އިތުރުންވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިޔެސްގެ ޓީމަށް ލިބި ވަނީ ބޭކާރުވެފައެވެ. މިމެޗުގައި ލިޔެސް ޓީމުގެ ކީޕަރ އަހުމަދު ސަކީލް ގެ ފަރާތުން ވަރަށް ހިތްގައިމު ސޭވް ތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗު ނިމިގެން ދިޔައީ މިސްކޯގައި އޮވެގެންނެވެ.
މިމެޗަށްފަހު މިވަގުތު މިއަހަރުގެ ޓޮޕް ސްކޯރާ އަށް ދެކުޅުން ތެރިން ވަނީ އަރާފައެވެ. އެއީ ޔޫއްޓޭ އާއި ސަމައްޓޭ އެވެ.


2 ޚިޔާލު:
vattara akkon kulhegen adi tiya vuren molhu veveene
@vaanuvaa hahahahahaaaaaaaaaaaa well said!!
إرسال تعليق
މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ