٢٠١٠-٠٩-٠٤

ޢީދު ކުޅިވަރު

މިފަހަރުގެ އީދުގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ބައެއް ހަރަކާތްތަކުގެ މައްޗަށް ބަލާލަނަމެވެ. ކޮންމެފަހަރަކުވެސް އީދުގައި ގިނަ މީހުންގެ ޝައުގުވެރިކަން ހުއްޓިފައިވާ އެއް ހަރަކާތަކި ކޮބައިހޭ މީހަކު ސުވާލުކޮއްފިނަމަ އެންމެ ފުރަތަމަ ދޭނެ ޖަވާބަކަށް ވާނީ ސްޓޭޖްޝޯއެވެ. ނަމަވެސް މިފަހަރުގެ އީދުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ސްޓޭޖްޝޯ ނޯންނާނެ ކަމަށް މިކަން ކުރަމުން އަންނަ ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީ (ލިޔެސް) ގެ ފަރާތުން ވަނީ ހާމަކޮއްފައެވެ.
މިފަހަރުގެ އީދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަކީ :

ފުރަތަމަ ދުވަސް
ކުޑަފަރިއާއި އެކުއެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް -ލަންދުގައި
ރޭގަނޑު ލިޔެސްގެ ފުރަތަމަ ޤްރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން

ދެވަނަ ދުވަސް
ހަވީރު ލަންދޫގެ ދުވަސްވީ ކުޅުންތެރިންގެ ޓީމަކާއި މާފަރުގެ ދުވަސްވީ ކުޅުންތެރިންގެ ފުޓްބޯޅަ ޓީމަކާއި އެކު ފުޓްބޯޅަމެޗެއް - މާފަރުގައި

ތިންވަނަ ދުވަސް
ހެނދުނު ވަންޑޭ ކަޕް ފުޓްބޯޅަ މުބާރާތެއް
ޝުކުރިއްޔާ

1 ޚިޔާލު:

غير معرف يقول...

މިފަހަރު އީދުގައި ހުސް ފުޓްބޯޅަ ދޯދޯ

إرسال تعليق

މިލިޔުމަށް ޚިޔާލުދެއްވުމަށް މިގޮޅީގައި ލިޔުއްވާ